މަޝްހޫރު ޓެކް ކުންފުނި އެންވީޑިއާގެ ޕާޓްނަރަކަށް އުރީދޫ

އަޙްމަދު ދާއޫދު 24 ޖޫން 2024

މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏަށް އުރީދޫ ވުމަށް އެ ގްރޫޕުން ގެންގުޅޭ ސްޓްރެޓެޖީއާ އެއްގޮތަށް އެންވީޑިއާ ކްލައުޑް ޕާޓްނަރަކަށް ވާން ނިންމާފައިވާ ކަމަށް އުރީދޫއިން ހާމަކޮށްފިއެވެ.

ކޯޕަންހޭގަންގައި ކުރިއަށްދާ ޓީއެމްފޯރަމްގެ ޑީޓީޑަބްލިއު 24 ގެ ހަވާސާގައި މި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަލުތުމާން ފަޚްރޫ އާއި އެންވީޑީއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ޓެލެކޮމް ރޮނީ ވަސިޝްތާއެވެ.

އުރީދޫން ބުނީ މި ކޯލަބަރޭޝަން މެދުވެރިކޮށް އެންވީޑިއާގެ އެޑްވާންސް އެކްސެލެރޭޓެޑް ކޮމްޕިއުޓިން ޕްލެޓްފޯމްގެ ބޭނުން ހިފައި، މެނާ ސަރަހައްދުގައި އޭއައި އިންގިލާބަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިގޮތުން، އެންވީއައިޑީއައިއޭގެ ފުލް-ސްޓޭކް އިނޮވޭޝަންގެ އެހީގައި ސިސްޓަމްތަކާއި، ސޮފްޓްވެއާތަކާއި، ހިދުމަތްތަކުގެ ތެރެއިން އޭއައި ރެޑީ ޕްލެޓްފޯމެއް އުފެއްދުމަށް ޓަކައި، އެކުންފުނީގެ މިޑްލްއީސްޓާއި އަދި ނޯތުއެފްރިކާ (މެނާ) ސަރަޙައްދުގައި ފުޓްޕްރިންޓްގައި އެކްސެލެރޭޓެޑް ކޮމްޕިއުޓިންގ އަދި ހައިޕަރކަނެކްޓިވިޓީއަށް އޮތް މާކެޓު ޑިމާންޑްގެ ބޭނުން ހިފާނެކަމަށް އުރީދޫއިން ބުނެއެވެ.

"މި ޕްލެޓްފޯމަކީ އަގުހުރި ވަސީލަތެއްގެ ގޮތުގައި މަސައްކަތްކޮށް، ސަރުކާރުތަކަށް އެއްބާރުލުން ދީ، ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް އެމީހުންގެ ޕްރައިވެޓް ޑޭޓާސެޓްތައް ރައްކާތެރިކަމާއެކު ޕްރޮސެސް ކުރުމަށް ބާރުވެރިކުރުމުގެ އިތުރުން، އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށާއި އިނޮވޭޝަންތަކަށް ބާރުދޭ ޓޯކަންތަކެއްގެ ގޮތުގައި އަގުހުރި އިންސައިޓްތަކެއް އުފައްދައިދޭނެ ޕްލެޓްފޯމެއް،" އުރީދޫން ނެރުނު ބަޔާނުގައިވެއެވެ.

މިއެއްބަސްވުމުގެ ދަށުން ގަތަރު، އަލްޖީރިއާ، ޓިއުނީޝިއާ، އޮމާން، ކުވައިތު އަދި ދިވެހިރާއްޖޭގެ ސަރުކާރުތަކާއި ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް އެންވީޑިއާގެ އެންމެ ފަހުގެ ފުލް ސްޓޭކް އޭއައި ޕްލެޓްފޯމް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން، މި ސަރަޙައްދަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނީގެ އޭއައި ޑޭޓާ ސެންޓަރުތަކުގައި އެތައް ހާސް އެންވީޑިއާ ޓެންސަރ ކޯރ ޖީ.ޕީ.ޔޫއެއް ބެހެއްޓުމަށް ނިންމާފައިވާކަމަށާއި، ޕްރޮސެސްތައް އޮޕްޓިމައިޒްކޮށް، އިންޑަސްޓްރީތަކުގައި އޮޕަރޭޝަނަލް އެފިޝިއެންސީތައް ހިންގުމަށްޓަކައި ޒަމާނީ އިންފްރާސްޓްރަކްޗަރ، ޓޫލްސް އަދި ސޮފްޓްވެއަރތަކާއެކު ޒަމާނީ އޭއައި ޕްލެޓްފޯމެއް ބޭނުންކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެކަމަށް އެ ގްރޫޕުން ބުނެއެވެ.

"އުރީދޫގެ ޖީޕީޔޫ-އެޒް-އަ-ސާވިސްގެ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ، މި ހިދުމަތުގެ ދަށުން ލިބެން ހުރި އެންމެ ޒަމާނީ އޭއައި އަދި މެޝިން ލާނިން ޓޫލްސް - އޭގެ ތެރޭގައި މިއަދު ލިބެން ހުރި އެންމެ ޓްރާންސްފޯމޭޓިވް ޓެކްނޮލޮޖީ، ޖެނެރޭޓިވް އޭއައި ވެސް ހިމެނޭ،" އުރީދޫގެ ބަޔާނުގައި ވެއެވެ.

އުރީދޫ ގްރޫޕްގެ ސީއީއޯ ފަޚްރޫ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެކްސެލެރޭޓެޑް ކޮމްޕިއުޓިންގ އަދި ޖެނެރޭޓިވް އޭއައިއަށް އެންވީޑީއާގެ ފުލް ސްޓޭކް ޕްލެޓްފޯމް ތަންފީޒުކޮށް، މި ސަރަޙައްދުގެ އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޕްރޮވައިޑަރުގެ ގޮތުގައި ޑިޖިޓަލައިޒޭޝަން އަދި އިނޮވޭޝަން ޑްރައިވްކޮށް، މެނާގެ އޭއައި އިންގިލާބުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމަށް އުރީދޫ އަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"އެންވީޑިއާ އާ ގުޅިގެން މަސައްކަތް ކުރުމުގެ އަމާޒަކީ އެޑްވާންސް އޭއައި މޮޑެލްތަކަށް އެހީތެރިވުމުގެ ގޮތުން އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާއަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުކުރުން،" އޭނާ ވިދާޅުވިއެވެ.

އެންވީޑިއާގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އޮފް ޓެލެކޮމް ވަސިޝްތާ ދެއްކެވި ވާހަކަފުޅުގައި، އުރީދޫ ގްރޫޕަށް އޭ.އައި އިންފްރާސްޓްރަކްޗަރ އާއި ޚިދުމަތްތައް އިންވެސްޓްކޮށް، ޑިޕްލޮއިކުރުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ.

އިތުރަށް ކިޔާލުމަށް

އެޕަލް ފަހަތަށް ޖައްސާލައި އެންވީޑިއާގެ ފައިދާ ބޮޑުކޮށްފި


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.