ޓެކްޕާތު: ރާއްޖޭގެ ކޮންމެ ދަރިވަރަކަށް ޑިޖިޓަލް ތަޢުލީމު

އަޙްމަދު ދާއޫދު 22 އޯގަސްޓު 2024

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އައު އުއްމީދެއް ގެނެސްދޭ މުޅިން އާ ޕްރޮގްރާމެއް ފަށައިފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފް ގުޅިގެން، ގޫގުލް ފޮރ އެޑިޔުކޭޝަނާއި ޔުނިސެފްގެ ގްލޯބަލް ލާނިންގ އިނޮވޭޝަން ހަބްގެ އެހީތެރިކަމާއެކު "ޓެކްޕާތު" ނަމުގައި ފެށި މި މަޝްރޫޢުގެ މަޤްޞަދަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމެވެ.

ޓެކްޕާތު މަޝްރޫޢު މެދުވެރިކޮށް ރާއްޖޭގެ 15 ސްކޫލެއްގެ 1698 ދަރިވަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ މައިގަނޑު ތިން ލަނޑުދަނޑިއެއް ވެއެވެ:

1. ދަށް ގްރޭޑްތަކުގެ (2-3) އަސާސީ ތަޢުލީމު ފުރިހަމަކުރުން.

2. 7 ވަނަ ގްރޭޑުގެ ދަރިވަރުންގެ 21 ވަނަ ޤަރުނުގެ ހުނަރުތައް އިތުރުކުރުން.

3. 11 އަދި 12 ވަނަ ގްރޭޑުގެ ދަރިވަރުންނަށް "ސެޓެލައިޓް ސްކޫލް" މޮޑެލް މެދުވެރިކޮށް ދުރުން ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން.

މި މަޝްރޫޢުގެ ދަށުން 735 އޭސަރ ކްރޯމްބުކާއި، 73 ލެނޯވޯ ޖެން 3 ކްރޯމްބުކާއި، 90 މައިކްރޯބިޓް ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ޙަވާލުކުރެވިފައެވެ. މި ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް އުނގެނުމުގެ އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ކްލާސްރޫމްތަކަށް ޑިޖިޓަލް ވަސީލަތްތައް ތަޢާރަފުކުރުމަކީ ހަމައެކަނި އާންމު ކިޔަވައިދިނުމަށް ގެނެވޭ ކުރިއެރުމެއް ނޫން ކަމުގައެވެ. މިއީ ދަރިވަރުންނަށް ވިސްނުން ތޫނުކޮށް، އެކުގައި މަސައްކަތްކުރުމާއި، އާ އުފެއްދުންތެރި ޚިޔާލުތައް ހޯދުމުގެ ޤާބިލުކަން އިތުރުކޮށްދޭ ކަމެއް ކަމަށެވެ.

ދިވެހިރާއްޖޭގައި ތަޢާރަފްކުރި ޓެކްޕާތް މަޝްރޫޢު ފެށުން -- ފޮޓޯ: އެޑިޔުކޭޝަން

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. އެޑްވަރޑް އަޑައި ވިދާޅުވީ، މިއަދު އަޅުގަނޑުމެން މި ފަށަނީ ޑިޖިޓަލް ދުނިޔޭގައި ކުރިއަރައި ދިއުމަށް ބޭނުންވާ ވަސީލަތްތައް ކުދިންނަށް ފޯރުކޮށްދިނުމުގެ މުހިންމު ފިޔަވަޅެއްކަމަށެވެ. ކްރޯމްބުކްތަކާއި މައިކްރޯބިޓްތަކަކީ އާ އުފެއްދުންތެރި ޚިޔާލުތަކަށާއި، އައު ކަންތައްތައް އުފެއްދުމަށް ހުޅުވޭ ދޮރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެކްޕާތު މަޝްރޫޢަކީ ރާއްޖޭގެ ކޮންމެ ދަރިވަރަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމެއް ލިބި، އެ ކުދިންގެ ފުރިހަމަ ޤާބިލުކަން ހާސިލުކުރުމަށް މަގުފަހިކޮށްދޭނެ މަޝްރޫޢެކެވެ. މި މަޝްރޫޢު މެދުވެރިކޮށް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، ކުރިމަގު އުޖާލާވެގެންދާނެކަން ޔަޤީނެވެ.

މި އެޖެންޑާގެ މަޤްޞަދަކީ އަސާސީ ލިޔަންކިޔަން އެނގުމާއި ހިސާބު ޢިލްމު އުނގެނުން ހަރުދަނާކުރުމާއި، 21 ވަނަ ޤަރުނުގެ ހުނަރުތައް ކުރިއެރުވުމާއި، ޚާއްޞަކޮށް މަތީ ސާނަވީ ތަޢުލީމަށް ވާޞިލުވުމުގެ ފުރުޞަތު އިތުރުކުރުމެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، ކޮންމެ ދަރިވަރަކަށްމެ ފެންވަރު ރަނގަޅު ތަޢުލީމެއް ކަށަވަރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޓެކްޕާތު މަޝްރޫޢަކީ ރާއްޖޭގެ ކޮންމެ ދަރިވަރަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމެއް ލިބި، އެ ކުދިންގެ ފުރިހަމަ ޤާބިލުކަން ހާސިލުކުރުމަށް މަގުފަހިކޮށްދޭނެ މަޝްރޫޢެކެވެ. މި މަޝްރޫޢު މެދުވެރިކޮށް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، ކުރިމަގު އުޖާލާވެގެންދާނެކަން ޔަޤީނެވެ.

އިތުރަށް ކިޔާލުމަށް

ހޮންކޮންގުގެ ގައުމީ މަންހަޖުގައި އޭއައި ހިމަނައިފި

ސްކޫލުން ޑިޖިޓަލް ދުނިޔެއަށް ކުދިން އަހުލުވެރިއެއް ނުކުރޭ!


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.