ގަރލް ޕަވަރޑް 2021 ހުޅުމާލެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

ގަރލް ޕަވަރޑް 2021 އަކީ ވިމެން އިން ޓެކް މޯލްޑިވްސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސްނެގުމުގެ މަތިން ޓެކްނޮލޮޖީގެ ދާއިރާއަށް ވަނުމަށް ޒުވާން އަންހެން ކުދިންނަށް ހިތްވަރު ދިނުމަށާއި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ސްމާޓްސިޓީއަށް ގެނެވޭ ބަދަލުތަކަށް އަހުލުވެރިކުރުވައި ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގޭ ޕްރޮގްރާމެކެވެ. ހުޅުމާލޭގެ ސްކޫލްތަކުގައި ކިޔަވާ ގްރޭޑް 6 އަދި 7 ގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ބްލޮކް ކޯޑިންގ ބޭނުންކޮށްގެން ކޮންޓެންޓް ތައްޔާރުކުރުމާއި މެޝިން ލަރނިންގ ތައާރަފު ކުރެވޭނެއެވެ.

މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 08 ނޮވެމްބަރ 2021 އިން 6 ޑިސެމްބަރ 2022 އާއި ހަމަޔަށް އޮންލައިންކޮށެވެ. މުޅިން ހިލޭ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 07 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 15:00އެވެ. މި ޕްރޮގްރާމްގެ ޝަރުތު ފުރިހަމަވާ ކުދިންގެ ތެރެއިން އެންމެ ފުރަތަމަ ފޯމު ހުށައަޅާ 20 ކުދިންނަށް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.

ޕްރޮގްރާމްގައި ރަޖިސްޓްރީ ވުމަށް ފޯމް ލިންކް ބޭނުންކުރައްވާށެވެ.

https://forms.gle/FmwmW4HBQrj4Mvqh6



ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.