ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑިކާޑުގެ އިތުރުން ޑިޖިޓަލް ރަސްމީ އެހެނިހެން ލިޔުންތައްވެސް ބޭނުން ކުރެވޭ ގޮތަށް ޤަވާއިދު ބަދަލުކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން ހޯމަދުވަހު ނެރެފައިވާ ސާކިއުލާގައިގާ ގޮތުގެ މަތިން އެތެރޭގެ އުދުހުންތަކުގައި ފުރަންދާ ފަސިންޖަރުން ޗެކިން ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ބަލައިގަންނަ ޑިޖިޓަލް ލިޔެކިޔުންތައް އޭގެ ތެރޭގައި އައިޑީ ކާޑުގެ އިތުރުން ޑިޖިޓަލް ޕާސްޕޯޓާއި، ޑިޖިޓަލް ވާރކް ވިސާކާޑާއި، ޑިޖިޓަލް ލައިސަސްވެސް ޗެކިން ކައުންޓަރުތަކުން ބަލައިގަންނާނެއެވެ.
އަދި އެއާލައިންގެ ޓިކެޓް ގަތުމުގެ އިތުރުން ޗެކިން ވުމަށާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށް ޑިޖިޓަލް އައިޑީ ކާޑުގެ އިތުރުން މުއްދަތު ހަމަނުވާ އިތުރު ރަސްމީ ލިޔެކިޔުންތައް ވެސް ބަލައިގަންނާން ވަނީ ފަށާފައެވެ. އެގޮތުން ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ:
ޕާސްޕޯޓް
އައިޑީ ކާޑު ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު
އެއާޕޯޓު ސެކިއުރިޓީ ފާސް
ލައިސެންސް ކާޑު / ޑިޖިޓެލް ލައިންސެންސް ކާޑު
ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް ހިމެނެއެވެ.
ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ވެލާނާ އެއާޕޯޓު ހިންގާ ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓު ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ބުނެފައެވެ.
މިދިޔަ ފެބްރުއަރީ މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ފިޒިކަލް ލައިސަންސް ކާޑު ހެދުން ހުއްޓާލައި، ޑިޖިޓަލް ކާޑު ތައާރަފުކޮށްފަ އެވެ.
އައިޑީ ކާޑުގެ އިތުރުން އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުންކުރާ ލައިސަންސް ޑިޖިޓަލް ކުރުމަށް ފަހު ޑިޖިޓަލް ލައިސަންސް ދޫކުރަން ވަނީ ފަށާފައެވެ.
މީގެ އިތުރުން ސަރުކާރުން ކުރިއަށް ގެންދާ ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ދާދި ފަހުން ވަނީ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީގެ އެހީގައި އީފާސް ވެރިފައި ކުރެވޭ ގޮތް ވެސް ހަމަޖައްސާފައެވެ.
ޑިޖިޓަލް ލިޔެކިޔުންތަކުން ގިނަ ފައިދާތަކެއް ލިބިގެންދާއިރު، އެކަމުގެ ސަބަބުން އަޅުގަނޑުމެން މައުލޫމާތު ރައްކާކުރުމާއި، ބެލެހެއްޓުމާއި، ހިއްސާކުރާ ގޮތް ބަދަލުވެގެންދެއެވެ.
މިފަދަ ޑިޖިޓަލް ހިދުމަތުގެ ސަބަބުން ހިދުމަތްތައް ލިބުމުގައި ރައްޔިތުން ގިނަފަސޭހަތަކެއް ލިބިގެންދާއިރު ވަގުތުވެސް ސަލާމަތްކުރެވެއެވެ. ކިޔުގާ ޖެހުމާއި، އޮފީސްތަކުން ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލަ ތަކަށް ވަރަށް ގިނަފަހަރު ހައްލު ލިބިގެންދާނެއެވެ.
އިތުރަށް ކިޔާލުމަށް:
އީފާސްގެ މޮބައިލް އެޕްގައި ހިމެނެނީ ކޮން ފީޗާތަކެއް؟
ޑިޖިޓަލް ލައިސަންސް ޕްލެޓްފޯމެއް ރާއްޖޭގައި ތަޢާރަފްކުރަނީ
އެއާޕޯޓްގެ ސްކްރީންތަކަށް ތިބާގެ އަމިއްލަ މައުލޫމާތު
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.