Download Logo
Copy Logo

ފުރަމޭގެ މައްސަލަތަކުގެ މަސްދަރަށް އަމާޒުކުރާ އާ ފަރުވާއެއް ހޯދައިފި

އަޝްނާ ރަޝީދު 08 ޖެނުއަރީ 2026

ފުރަމޭއަކީ އިންސާނުންގެ ހަށިގަނޑުތެރޭގައި ލޭ ސާފުކޮށް ކާއެއްޗެހި ހަގަމުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. އިންސާނުންގެ ގައިގައި ހަކުރު، ސަރުބީ އަދި އެކިބާވަތްތަކުގެ ވިހިމާއްދާތައް ހުންނަވަރު ބަލަހައްޓުމަށްޓަކައި މި ގުނަވަން ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ. ނަމަވެސް ދުނިޔޭގެ ގިނައަދަދެއްގެ ފަރާތްތަކުންނަށް ވަނީ މި ގުނަވަނުން ކުރާ މަސައްކަތްތަކަށް ބުރޫއަރާ ސިއްހީ ހާލަތެއް ދިމާވެފައިވެއެވެ. މެޓަބޮލިކް ޑިސްފެންޝަން-އެސޯސިއޭޓެޑް ސްޓިއޭޓޯހެޕަޓައިޓިސް (MASH) ކިޔާ މި ހާލަތަކީ ދުނިޔޭގެ ގާތްގަނޑަކަށް %25 މީހުންނަށް ދިމާވެފައިވާ ހާލަތެކެވެ. މި ހާލަތުގެ ސަބަބުން ސިއްހީ އެތައް މައްސަލައެއް ދިމާވެ ފުރާނަޔަށް ވެސް ނުރައްކާ ކުރެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯގެ ދިރާސާވެރިންގެ ޓީމެއް ވަނީ އައު ފަރުވާއެއް ހޯދައިފިއެވެ.

ފުރަމޭގެ މައްސަލަތަކަކީ ދުނިޔޭގެ ގިނަ އަދަދެއްގެ ފަރާތްތަކުންނަށް ޖެހިފައިވާ މައްސަލައެކވެ. މިގޮތުން އެމް.އޭ.އެސް.އެޗްއަކީ ދިގު މުއްދްތެއްގައި ދެމިގެން ދިޔުމުގެ ސަބަބުން ފަރުމެއަށް ބުރައަރާ، ސިރޯސިސް، ލިވަރ ފެއިލްވުން، އަދި ކެންސަރު ފަދަ ހާލަތްތައް ވުމަށް މަގުފަހިކޮށް، ފުރާނަޔަށް ނުރައްކާކުރެއެވެ. މިގޮތުން ރާއްޖޭގެ ގިނަބަޔަކުވެސް ފަރުމޭގެ މައްސަލަތަކާއި ކުރިމަތިލާކަން ފާހަގަކުރެވެއެވެ.

މިވަގުތު މިކަމަށް ފަރުވާދިނުމެގެ ގޮތުން ބޭސްވެރިން މައިގަނޑުގޮތެއްގައި ލަފާދެނީ ސިއްހަތަށް ފައިދާހުރި އެއްޗެހި ކެއުމާއި، ކަސްރަތުކުރުމާއި ބަރުދަން ބެލެހެއްޓުން ފަދަ ބަދަލުތަކަށް ބެލުމެވެ. މިގޮތުން، 2024ވަނަ އަހަރުގައި މިކަމަށް އެފް.ޑީ.އޭގެ ހުއްދަ ދޫކޮށްފައިވާ އެންމެ ފުރަތަމަ ބޭސްކަމަށްވާ ރެޒްޑިފްރާގެ އަސަރު ހަމައެކަނި %30 ބަލިމީހުންނަށް އަސަރުކުރުމުގެ އިތުރުން، ބައެއްފަހަރާ އެހެން ގުނަވަންތަކަށް ނޭދެވޭ އަސަރު ކުރެއެވެ. މި މައްސަލަތަކުގެ މަސްދަރުކަމަށް ބެލެވިފައިވަނީ އާންމުކޮށް ބޭނުންކުރެވޭ ފަރުވާތައް އަމާޒުކޮށްފައިވަނީ ފަރިމޭގައިވާ ތައިރޮއިޑް ހޯރމޯން ރިސެޕްޓަރސްއަށް އަމާޒުކޮށްފައިވުމުން، އެހެން ކަންކަމަށްވެސް އަސަރުކުރާތީއެވެ.

މިކަމަށް ހައްލެއް ހޫދުމަށްޓަކައި އެން.ޔޫ.އެސްގެ އެސިސްޓަންޓް ޕްރޮފެސްރ ވަންގ ޖިއޮންގ-ވެއިގެ އިސްނެންގެވުމުގެ ދަށުގައި ދިރާސާވެރިންގެ ޓީމެއްވަނީ ސީދާ MASH ހައްލުކުރެވޭ ފަރުވާއެއް ހޯދަމަށް މަސައްކަތްކުރަމުންނެވެ. މި ޓީމުން އެންޔޫއެސް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަރު ވަންގް ޖިއޮންގް-ވޭ އިސްކޮށް ހުންނަވައިގެން މަސައްކަތްކުރި މިޓިމުން މިކަމަށް ކޮންމެސްވަރެއްގެ ކާމިޔާބީއެއް ހޯދާފައި ސީދާ ފުރަމޭގައި އަމަލުކުރާ އާ ތެރަޕީއެއް ތަރައްގީކޮށްފިއެވެ.

ސައިންސް އެޑްވާންސެސްގައި ޝާއިއުކޮށްފައިވާ އެމީހުންގެ މި މަސައްކަތް އަމާޒުކޮށްފައިވަނީ ސެރަމައިޑްސް ކަމަށްވާ ކުރީގެ ދިރާސާތަކުން އެނގޭ ގޮތުގައި ފުރަމޭ ދުޅަވުމާއި ސްކާރިންގ ގޯސްކޮށްދޭ ފެޓް މޮލިކިއުލްތަކެކެވެ. ކުދިކުދި ލިޕިޑް ނެނޯޕާޓިކަލްސް ބޭނުންކޮށްގެން އެ ޓީމުން ވަނީ ސެރަމައިޑް އުފެއްދުމަށް ކޮންމެހެން ބޭނުންވާ Sptlc2 ކިޔާ ޖީނެއް ނިއްވާލުމަށް ކުޑަ އާރްއެންއޭ ބޭހެއް ފުރަމޭގެ ސެލްތަކަށް ފޯރުކޮށްދީފައެވެ.

ލެބޯޓްރީ ދިރާސާތަކުގައި ފަރުވާގެ އެއް ޑޯޒް ދިނުމުން Sptlc2 ޖީންގެ ހަރަކާތްތެރިކަން ގާތްގަނޑަކަށް %78 ދަށްވެ، ސެރަމައިޑްގެ މިންވަރު ވަރަށް ދަށްވެއެވެ. މިކަމުގެ ސަބަބުން ފުރަމޭގައި ސަރުބީ ޖަމާވުން މަދުވެ، ދުޅަވުން ކުޑަވެ، ފުރަމޭގެ ބަލިތައް ސަކަރާތްވުން މަޑުކޮށްދެއެވެ. އަދި ނުވިތާކި، ނިސްބަތުން ކުޑަ މިންވަރރއްގެ ނެނޯޕާޓިކަލްތަކަކުން ފުއްޕާމޭ ފަދަ އެހެން ގުނަވަންތަކަށް ފޯރާ، ލޭގައި ދައުރުވާ ސެރަމައިޑްގެ މިންވަރު ވެސް ދައްކޮށްދެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މި ތެރަޕީ ދިގުދެމިގެންދާ ބަލިތަކަށް ފަރުވާ ދިނުމުގައި އާރްއެންއޭއަށް ބިނާކޮށް އަދި ނެނޯމެޑިސިން ތެރަޕީތަކުގެ ގާބިލްކަން އިތުރުވަމުންދާކަން ހާމަވެގެންދެއެވެ. ފުރަމޭގެ ބަލިތަކުގެ އިތުރުން ސެރަމައިޑްގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތަކާއި ހަކުރުބައްޔާއިވެސް ގުޅުން ހުރި ކަމެކެވެ. މި ފަރުވާގެ ސަބަބުން އެހެން ތަންތަނުގައި ވެސް މިފަދަ މައްސަލަތައް މި ބޭހުން ނުވަތަ މިކަހަލަ ބޭސްތަކުން ފަރުވާދެވޭނެކަމަށް ދިރާސާވެރިން އުންމީދުކުރެއެވެ. އެސިސްޓެންޓް ޕްރޮފެސަރު ވަންގްއާއި އޭނާގެ ޓީމުން މިހާރު ދަނީ ކްލިނިކަލް އަދި އިންޑަސްޓްރީގެ ބައިވެރިންނާ ގުޅިގެން މި ފަރުވާ މަދު ޑޯސްތަކުން ރައްކާތެރިކަމާއެކު ދިގުމުއްދަތެއްގައި އަސަރުކުރެވޭ ގޮތްތައް ހޯދުމަށް އިތުރު ދިރާސާތަކެއް ކުރަމުންނެވެ. އަދި މި ބޭހުގެ ސަބަބުން އެހެން ބަލިތަކަށް ވެސް ކުރާ އަސަރު ކްލިނިކަލް ޓްރައިލްތަކުގައި ހޯދަން ނިންމާފައިވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.